އާސަންދައިގެ ދަށުން ލިބިނުދެވޭ ޚިދުމަތްތައް

 1. ކޮޓަރީގައި އެޑްމިޓްކުރެވޭ ބަލިމީހާގެ ޕްރައިވެޓް ކޮޓަރި ފީ.
 2. އާސަންދަ ޚިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީ ކޮށްފައިނުވާ މަރުކަޒަކުން ދެވޭ ޚިދުމަތްތައް.
 3. ރަލާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދެވޭ ޙާއްސަ ފަރުވާ( ޑިޓޮކްސިފިކޭޝަން އާއި މެތަޑޯން) އެއީ ވަކި ބަޖެޓްއަކުން ސަރުކާރުގެ ވަކި މުއައްސަސާއަކުން ހަމަޖެހިގެން ފަރުވާއަކަށްވާތީދާތީއެވެ.
 4. ހަށިގަނޑު ރީތިކުރުމުގެ ގޮތުން ކުރެވޭ ހުރިހާ ބާވަތެއްގެ ފަރުވާ (މީގެ ތެރޭގައި ދަތުގައި ނަރުގަނޑު އެޅުވުން، އަދި ދަތްތައް ރީތި ކުރުން ފަދަ ކަންތައް ހިމެނޭ) އާއި ކޮންޓެކްޓް ލެންސް އަދި އަވިއައިނު.
 5. ނުކުޅުދުންރެތިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކުގެ ޚަރަދު. އެއީ އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދޭކަމަކަށްވާތީ (ހިއެރިންގ އެއިޑް، ވީލްޗެއަރ ފަދަ ތަކެތި).
 6. ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް ނުވަތަ އަލުން އިސްތަށި ފެޅުވުމަށް ނެގޭ ފަރުވާ.
 7. ގުގުރި ދެމުން ހުއްޓުވުމަށް ދެވޭ ފަރުވާ.
 8. ކަސްރަތުކުރުމަށް ހިގާ ހަރަދާއި ބޭނުންވާ އެކިއެކި ސާމާނު.
 9. ޑޮކްޓަރުގެ ބޭސް ސިޓީއަކާއި ނުލައި ގަންނަ ބޭސްތަކާއި ޑޮކްޓަރުގެ ލަފަޔަކާއި ނުލާ ހަދާ ޓެސްޓުތައް.
 10. ޑޮކްޓަރެއްގެ އެޑްމިޝަން ސްލިޕްއަކާއި ނުލައި، ހަމައެކަނި ތަޙްލީލްތަކެއް ކުރުމަށް ނުވަތަ އެކްސްރޭ ނެގުމަށް ނުވަތަ މެޑިކަލް ޗެކަޕް ހެދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް ހިނގާ ޚަރަދުތައް.
 11. ކާނާގެ ބާވަތްތަކާއި، ކާނާގެ ބައިތައް ހަށިގަނޑަށް ލިބިދިނުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ އެކިކަހަލަ ސަޕްލިމެންޓްތަކާއި، އަދި މިނޫންވެސް ރީތިވުމަށް ބޭނުންކުރާ އެކި ކަހަލަ ސާމާނު، މިސާލު:ޝޭމްޕޫ، ސައިބޯނި، ދަތް އުގުޅާބޭސް ފަދަ ތަކެތި  ( މިފަދަ ތަކެތި ޑޮކްޓަރ ބޭސްސިޓީގައި ލިޔެދެއްވިކަމުގައި ވިޔަސް ސްކީމްގެ ދަށުން ލިބި ނުދެވޭނެ)
 12. ކައުންސެލިންގް ދިނުމަށް ހިނގާ ޚަރަދުތައް. (ނަމަވެސް ކުލިނިކަލް ސައިކޮލޮޖީ ކައުންސެލިން ކަވަރ ކުރާނެ)
 13. މަސާޖު ކުރުން/ މަސާޖު ކުރުމަށް އެދާ ޚަރަދުތައް.
 14. ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ކުރެވޭ އެކިކަހަލަ ފަރުވާތައް.
 15. އެޑްމިޓްކޮށްގެން ނުވަތަ އޮބަޒަވޭޝަންއަށް އޮންނަ ވަގުތު ހިނގާ ޓީ.ވީ، ރޭޑިޔޯ، ފޯން، އަދި ކެއުން ފަދަ ޚަރަދުތައް.
 16. އަޖުމަ ބެލުމަށް ކުރެވޭ ތަޙުލީލުތަކާއި،ހުއްދަ ނުކުރެވޭ ފަރުވާތައް.
 17. ޖިންސީ ފުއްދުން ތެރިކަން އިތުރުކުރުމަށް ކުރެވޭ ފަރުވާ.
 18. ޖިންސީ ގުނަވަނެއް ބަދަލު ކުރުމާއި ގުޅިފައިވާ ފަރުވާ.
 19. ވެކްސިން( ނޭޝަނަލް އިމިއުނިޒޭޝަން ޝެޑިއުލްގެ ތެރެއިން ހިލޭ ލިބޭ ފަރުވާ އަކަށް ވާތީ)
 20. ކޮމްޕްލިމެންޓަރީ މެޑިސިން (އަޔުރުވެދިކް، ޔޫނާއީ، އެކިއުޕަންކްޗަރ، ދިވެހިބޭސް، ޗައިނީސް މެޑިސިން) އަދި މިނޫންވެސް މިފަދަ ފަރުވާތައް.
 21. އިކޮނޮމީ ކްލާސް ނޫން އެހެން ކްލާސްތަކުގެ ޓިކެޓް އަގު.
 22. ސިއްޙީ ގޮތުންނާއި ދީނީގޮތުން ހުއްދަ ނުކުރާ އެބޯރޝަންތައް.
 23. ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ (އިންފަރޓިލިޓީ).