އިމަޖެންސީ އިވެކުއޭޝަން

އާސަންދައިގެ ދަށުން އިމަޖެންސީ ޙާލަތްތަކުގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލައިދޭން (ވައިގެމަގުން ނުވަތަ ކަނޑުމަގުން) ހަމަޖެހިފައިވާ ގޮތަކީ ކޮބާ؟

ބަލިމީހާގެ ބައްޔަށް ވަގުތުން ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ޙާލަތްތަކުގައާއި ވަގުތުން ފަރުވާ ނުދެވިއްޖެނަމަ ދާއިމީ ނުކުޅެދުންތެރި ކަމަށް ގޮސްދާނެ ޙާލަތްތަކުގައި އެންމެ ކައިރިން، ބޭނުންވާ ފަރުވާ ލިބެން ހުރި މަރުކަޒަކަށް ބަލިމީހާ ގެންގޮސްދިނުން

 

  1. އާސަންދައިގެ ދަށުން އިމަޖެންސީ ޙާލަތްތަކުގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ތަކަކީ ކޮބާ؟
  • ބަލިމީހާ ހުރި ހޮސްޕިޓަލްގެ ފަރާތުން ޑޮކްޓަރު ފުރާދެއްވާފައިވާ ‘ އާސަންދަ އެމެޖެންސީ އިވެކުއޭޝަން’  ފޯމް (މި ފޯމް ފޮނުވާނީ އެ މަރުކަޒަކުންނެވެ.)
  • ބަލިމީހާގެ މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ކޮޕީ

 

  1. އާސަންދައިގެ ދަށުން އިމަޖެންސީ ޙާލަތްތަކުގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ހަމަޖެހިފައިވާ ގޮތް ތަކަކީ ކޮބާ؟

ކަނޑުމަގުންނާއި ވައިގެ މަގުންނެވެ.

 

  1. ހޮސްޕިޓަލް ލޯންޗްގައި ދަތުރު ކުރެވެން ނެތް ނަމަ އަމަލު ކުރަންވީ ގޮތަކީ ކޮބާ؟

ހޮސްޕިޓަލް މެދުވެރިކޮށް އަމިއްލަ ފަރާތެއްގެ ލޯންޗްގައި ދަތުރު ކުރެވޭނެއެވެ. އަމިއްލަ ފަރާތެއްގެ ލޯންޗެއްނަމަ ދަތުރު ކުރުމުގެ ކުރިން އާސަންދައިން ދަތުރުގެ ޚަރަދު އެއްބަސްވާންވާނެއެވެ. އަދި އެދަތުރެއްގެ ފައިސާ ހޯދުމަށް އާސަންދައަށް ބިލް ކުރަން ވާނީ ހޮސްޕިޓަލުންނެވެ.

 

  1. ހޮސްޕިޓަލް ލޯންޗްގައި ދަތުރު ކުރެވެން ނެތިގެން އަމިއްލަ ފަރާތެއްގެ ލޯންޗްގައި ދަރުތު ކުރުމަށް ޕޭޝަންޓް ފައިސާ ދައްކައިފި ނަމަ އެފައިސާ އާސަންދައިން ލިބޭނެތަ؟

އާސަންދައިގެ ދަށުން ޚަރަދު ކޮށްފައިވާ ފައިސާ އަނބުރާ ދެއްކުމުގެ އުޞޫލެއް ނޯވެއެވެ.

 

  1. އަލަށް ވިހާ ތުއްތު ކުދިން މަންމަގެ އައި.ޑީ. ކާޑުގެ ދަށުން އެއްތަނުން އަނެއްތަނަށް އުފުލުމަށް އަމަލު ކުރަން ޖެހޭ އުޞޫލަކީ ކޮބާ؟

މަންމަ ދަރިފުޅާއި އެކު ދަތުރު ނުކުރާ ނަމަ މަންމަ އެނދުމަތި ކުރެވިފައިވާ ހޮސްޕިޓަލްގައި އައި.ޑީ ކާޑުގެ ކޮޕީއެއް ބޭއްވުމަށްފަހު އައިޑީ ކާޑުގެ އަޞްލު ތުއްތު ކުއްޖާ އާއިއެކު ގެންދަންވާނެއެވެ.

 

  1. ވައިގެ މަގުން އިމަޖެންސީކޮށް ދަތުރު ކުރާނަމަ ޓިކެޓް ހަމަޖެހެނީ ކޮން ބަޔަކަށް؟

ބަލިމީހާ އަދި 01 އެހީތެރިއެއްގެ އެއްކޮޅު ޓިކެޓާއި މެޑިކަލް އެސްކޯޓް އެއް ބޭނުން ވާނަމަ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ދެކޮޅު ޓިކެޓެވެ.

 

  1. މެޑިކަލް އެސްކޯޓްގެ ހުރުމާއި ކެއުން އާސަންދައިގެ ދަށުން ލިބިދެވޭނެތަ؟

އާސަންދައިގެ ދަށުން މެޑިލަކް އެސްކޯޓުގެ އެފަދަ ޚަރަދެއް ހަމަޖައްސައިއެއް ނުދެވޭނެއެވެ.