ފަރުވާ ރާއްޖޭއިން ބޭރުގައި

ރާއްޖެއިން ބޭރުގައި (އިންޑިޔާ / ލަންކާ) ގައި ދިރިއުޅޭ ނުވަތަ ޗުއްޓީ އަށް ގޮސް އުޅޭ ރައްޔިތުން އާސަންދައިގެ ދަށުން ޚިދުމަތް ހޯދަން އަމަލު ކުރަންވީ ގޮތް

  1. ރާއްޖެއިން ބޭރުގައި (އިންޑިޔާ / ލަންކާ)ގައި ދިރިއުޅޭ ރައްޔިތުންނަށް އާސަންދަ ހަމަޖެހޭ ގޮތަކީ ކޮބާ؟
  • އެމެޖެންސީ / ޓްރޯމާ ނުވަތަ އެކްސިޑެންޓް އެއް ދިމާވެއްޖެ ޙާލަތެއްގައި އާސަންދަ ޕެނަލްގައި ހިމެނޭ ހޮސްޕިޓަލަކުން ދެވޭ ފަރުވާ.
  • ރާއްޖެއިން ލިބެން ނެތް  ފަރުވާ.
  1. މިސާލު: ހާރޓްއެޓޭކެއްޖެހިގެން ބަލިމީހާ ގެންގޮސް ކޮރޯނަރީ އެންޖިއޯގްރާމެއް ހަދަންޖެހޭ ވަގުތު ނުވަތަ އެޕެންޑިކްސް ފަޅައިގެންގޮސް ވަގުތުން އޮޕަރޭޝަން ކުރަންޖެހޭވަގުތު ނުވަތަ ރާއްޖެއިން ބޭރުގައި ހުއްޓާ ހިނގާ އެކްސިޑެންޓެއްގެ ސަބަބުން އެމަރޖެންސީކޮށް އޮޕަރޭޝަނެއް ކުރަންޖެހޭވަގުތު.

 

  1. ރާއްޖެއިން ބޭރަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅޭ ދިވެހި ރައްޔިތުންނަށް އާސަންދައިގެ ދަށުން ޚިދުމަތް ލިބޭ ހާލަތަކީ ކޮބާ؟
  • އެމެޖެންސީ / ޓްރޯމާ / އެކްސިޑެންޓް އެއް ދިމާވާ ޙާލަތުގައި އާސަންދަ ޕެނަލްގައި ހިމެނޭ ހޮސްޕިޓަލަކުން ދެވޭ ފަރުވާ
  • ރާއްޖެއިން ލިބެން ނެތް  ފަރުވާ.

 

  1. ރާއްޖެއިން ބޭރުގައި ހުރެފައި އާސަންދަ ޚިދުމަތް ހޯދަން ކަންތައް ކުރަންޖެހޭ ގޮތަކީ ކޮބާ؟

އާސަންދަ ޕެނަލްގައި ހިމެނޭ ހޮސްޕިޓަލަކުން ބައްޔާބެހޭ ލިޔުންތައް (ބަލި (ޑައިގްނޯސިސް) / ބަލިމީހާގެ ޙާލަތު /  ފަރުވާދޭނެގޮތުގެ ތަފްޞީލު ( ހަދަންޖެހޭ ޓެސްޓްތަކާއި ކުރަންޖެހޭ އޮޕަރޭޝަނެއް) / އައި.ޑީ. ކާޑުގެ ކޮޕީ އާއިއެކު ހޮސްޕިޓަލް މެދުވެރިކޮށް ނުވަތަ ބަލިމީހާގެ ފަރާތުން އާސަންދަ އޮފީހަށް ހުށަހެޅުން.  ރާއްޖެއިން ބޭރުންނަމަ އީމެއިލް ކުރަށްވާނީ email_sprite އަށެވެ.