ފަރުވާއަށް ރާއްޖޭއިން ބޭރަށް

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ދާން އަމަލު ކުރަންވީ ގޮތް

  1. އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރެވޭނީ ކޮން ޙާލަތްތަކެއްގައި؟

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ފޮނުވޭނީ ރާއްޖެއިން ލިބެންނެތް ފަރުވާ ތަކަށެވެ. އަދި އެކަން ކަށަވަރު ކޮށްދެއްވާނީ އާސަންދައިގެ ޚިދުމަތްދޭ މަރުކަޒުތަކުގައި ތިއްބަވާ ޑޮކްޓަރުންނެވެ.

 

  1. ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހުށަހަޅަން ޖެހެނީ ކޮން ލިޔެކިޔުން ތަކެއް؟
  • އެބައްޔެއްގެ ޚާއްސަ ޑޮކްޓަރަކު ފުރިހަމަކުރައްވާފައިވާ އާސަންދައިގެ ރިކަމެންޑޭޝަން ފޯމް
  • މުއްދަތު ހަމަނުވާ އައި.ޑީކާޑުގެ ކޮޕީ އާއި މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (06 މަސްދުވަހަށްވުރެ ކުރުނޫން)
  • ފަރުވާ ހޯދުމަށްއެދޭ ބައްޔާގުޅޭގޮތުން ޑޮކްޓަރ ދެއްވާފައިވާ އެންމެފަހުގެ ލިޔެކިޔުންތަކުގެ ކޮޕީ (ސަޕޯރޓިން ޑޮކިއުމަންޓްސް) އާއި ބައްޔާގުޅޭގޮތުން ހެދިފައިހުރި ތަޙުލީލުތަކުގެ ރިޕޯޓްތަކުގެ ކޮޕީ

 

  1. އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވުމުގައި ބަލަނީ/ގެންގުޅެނީ ކޮން މިންގަނޑު ތަކެއް؟

އާސަންދައިން ކަށަވަރު ކުރާނީ ޑޮކްޓަރު ބޭރަށް ދިޔުމަށް ލަފާދެއްވާފައިވާ ފަރުވާ އަކީ ރާއްޖޭގައި ލިބެން ނެތް ފަރުވާއެއް ކަމާއި ޑޮކްޓަރު އެބަލި ދެނެގަތުމަށް ހައްދަވާފައިވާ ތަޙްލީލު ތައް ހަމަތޯއެވެ. މިސާލަކަށް އަތުގައި ރެނދެއް ލާފައި ވާނަމަ އެކްސްރޭ ރިޕޯޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

  1. ރިކަމެންޑޭޝަން ފޯމް ފުރިހަމަ ކުރެވޭނީ ސިއްޙީ ޙިދުމަތްދޭ ކޮން މަރުކަޒުތަކަކުން؟

ބައްޔާ ގުޅޭ ޚާއްސަ ޑޮކްޓަރުން ތިއްބަވާ ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުންނާއި އާސަންދައިގައި ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ހޮސްޕިޓަލް އަދި ކްލިނިކް ތަކުންނެވެ.

 

  1. ރިކަމެންޑޭޝަން ފޯމް ފުރަން ޖެހެނީ ކޮންދާއިރާއެއްގެ ޑޮކްޓަރެއް؟

ފޯމް ފުރުއްވަންވާނީ އެބައްޔަކަށް ޚާއްސަކުރެވިފައިވާ ޑޮކްޓަރެކެވެ. މީގެ އިތުރުން ފޯމުގައި މަރުކަޒުގެ ތައްގަނޑު އަދި ޑޮކްޓަރުގެ ނަމާއި ސޮއި އަދި އެޑޮކްޓަރެއްގެ ސްޕެޝަލްޓީ އެނގެން އޮންނަންވާނެއެވެ.

 

  1. ބައްޔާގުޅޭ ޚާއްސަ ޑޮކްޓަރެއް ރާއްޖޭގައި ނެތް ނަމަ ފޯމް ފުރުއްވަން ޖެހޭނީ ކޮންކަހަލަ ޑޮކްޓަރެއް؟

އާއްމު ޙާލަތްތަކުގައި އެތެރެހަށީގެ ޑޮކްޓަރެއް ނުވަތަ އޮޕަރޭޝަނާއި ގުޅޭ ކަމެއްނަމަ ޖެނެރަލް ސާރޖަން އެކެވެ.

 

  1. ރިކަމެންޑޭޝަން ފޯމް ގެ މުއްދަތަކީ ކިހާ ދުވަހެއް؟

ޑޮކްޓަރު ރިކޮމެންޑޭޝަން ފޯމް ފުރުއްވާ ދެއްވި ދުވަހުން ފެށިގެން 30 ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ބަލިމީހާ ދަތުރު ކުރަންވާނެއެވެ.

 

  1. ޓިކެޓް ދޫކުރުމަށް ހަމަޖެހިފައިވާ ކްލާސް ތަކަކީ ކޮބާ؟

އާސަންދައިން ޓިކެޓު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އިކޮނޮމީ ކްލާހުންނެވެ.

 

  1. ރިޒަވޭޝަން ހުށަހަޅާއިރު މުއްދަތު ހަމަ ވުމާއި ދެމެދު އޮންނަންވާނީ ކިހާ މުޙުލަތެއް؟

ޓިކެޓު ނެގުމަށްޓަކައި ދެވިފައިވާ މުއްދަތުގައި 2 (ދޭއް) ދުވަހުގެ މުޙުލަތެއް އޮންނަންވާނެއެވެ.