އާސަންދަ އަކީ ދިވެހިންގެ ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އެކުލަވާލެވޭ ހެލްތް އިންޝުއަރެންސް ސްކީމެކެވެ. މި ސްކީމްގެ ދަށުންކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކަށް 100,000 ރުފިޔާގެ މިންވަރަށް ބޭސްފަރުވާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ސްކީމްގައި ބައިވެރިވުމަށް އެއްވެސް ފޯމެއް ފުރައި، ރަޖިސްޓްރީވާކަށް ނުޖެހޭނެއެވެ. މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް އޮތް ކޮންމެ ރައްޔިތަކަށް މި ސްކީމުގެ ޚިދުމަތް 1 ޖެނުއަރީ 2012 ފެށިގެން ލިބޭނެއެވެ.